އައްޑޫސިޓީ އިސްރަށްވެހިންނާއި އެކު ޕެންޝަން އޮފީސް

2017-11-04 08:51

 

މި ޕްރޮގްރާމަކީ އައްޑޫސީޓީގެ އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިއީ ޕެންޝަން އޮފީހުގެ ފަރާތުން އިސްރަށްވެހިންނަށް ޓަކައި ހާއްސަ ދުވަހެއް ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ފުރަތަމަ ހަރަކާތެވެ. ޕެންޝަން އޮފީހުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، މޯލްޑިވިއަން ރެޑް ކްރެސެންޓް، އިސްރަށްވެހިންގެ ޖަމްއިއްޔާ ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗް. އާރް. ސީ. އެމް) އިން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 4 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުން 8.00 އިން 13.00 އަށް އައްޑޫ ސިޓީގެ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުންނާއި މިޕްރޮގްރާމުގައި ބައިވެރިވާ އެހެން މުވައްސަސާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ މައުލޫމާތު ގާތުން ފޯރުކޮށްދިނުމާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރިކަން ކަން ފާހަގަކުރުމާއި އިސްރަށްވެހިންގެ އަގުވަޒަން ކުރުމެވެ.