ޕެންޝަން އާރޓް ކޮންޓެސްޓް 2017

2017-11-15 09:17

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ސްކޫލް ކުދިންނަށް ހުޅުވާލައިގެން ބޭއްވުނު "ޕެންޝަން އާރޓް ކޮންޓެސްޓް 2017" އަށްހުށަހެޅުނު ކުރެހުންތަކުގެ ތެރެއިން، ވަނަވަނައަށް ދިޔަ ކުރެހުންތައް ހުށަހެޅި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު 14 ނޮވެންބަރު 2017 ވީ އަންގާރަ ދުވަހުގެ ހަވީރު، ނޭޝަނަލް އާރޓް ގެލެރީގައި ބޭއްވުނެވެ. އަދި، މި މުބާރާތަށް ހުށަހެޅުނު ކުރެހުންތައް ދައްކާލުމަށްޓަކައި، މި ރަސްމިއްޔާތަށްފަހު މައުރަޒެއް ބޭއްވުނެވެ. މައުރަޒު ހުޅުވީ ޖުމްލަ 21 ސްކޫލަކުން ބައިވެރިކުރި 464 ކުރެހުމުގެ ތެރެއިން އެންމެ މަތިން މާރކްސް ހޯދި 100 ކުރެހުން ހިމަނައިގެންނެވެ. 

މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތައް 

 

މުޅިމުބާރާތުން އެންމެ މޮޅު ކުރެހުމަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލް (1H)ގެ ކައިލާ އަރަފާތު އަބްދުﷲ ހުށަހަޅައިފައިވާ ކުރެހުމެވެ. 6 އަހަރާއި 10 އަހަރާ އުމުރުފުރާން ބައިވެރިވި ކުދިންގެ ތެރެއިން އެއްވަނަ ވެސް ލިބިފައިވަނީ ކައިލާ އަރަފާތް އަބްދުﷲ އަށެވެ. ދެ ވަނަ ލިބިފައިވަނީ ޖަމާލުއްދީން ސްކޫލް (1E)ގެ ލައިލީ އަޙްމަދު ނަވާޒް އައްޔޫބްއަށެވެ. ތިންވަނަ ލިބިފައިވަނީ ތާޖުއްދީން ސްކޫލް (3B)ގެ ހަނީން އަޝްރަފް އަށެވެ.

 (ކ)ޖަމާލުއްދީން ސްކޫލް (1H)ގެ ކައިލާ އަރަފާތު އަބްދުﷲ ، (ވ)ޖަމާލުއްދީން ސްކޫލް (1E)ގެ ލައިލީ އަޙްމަދު ނަވާޒް އައްޔޫބް

ތާޖުއްދީން ސްކޫލް (3B)ގެ ހަނީން އަޝްރަފް

11 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން ބައިވެރިވި ކުދިންގެ ތެރެއިން އެއްވަނަ ލިބިފައިވަނީ އަމީނިއްޔާ ސްކޫލް (7A)ގެ މަރިޔަމް ޝައިހާ އަށެވެ. ދެ ވަނަ ލިބިފައިވަނީ ދަރުމަވަންތަ ސްކޫލް (8A)ގެ ކޮއްލަޕައްޕިލައި ސުންދަރް ރާގަވް އަށެވެ. ތިންވަނަ ލިބިފައިވަނީ ތާޖުއްދީން ސްކޫލް (6B)ގެ އައިޝަތު ރައިމާ ރަމީޒަށެވެ.

(ކ)އަމީނިއްޔާ ސްކޫލް (7A)ގެ މަރިޔަމް ޝައިހާ ،(ވ)ދަރުމަވަންތަ ސްކޫލް (8A)ގެ ކޮއްލަޕައްޕިލައި ސުންދަރް ރާގަވް

ތާޖުއްދީން ސްކޫލް (6B)ގެ އައިޝަތު ރައިމާ ރަމީޒް

މި މުބާރާތުގައި ބައިވެރިވި އިމާދުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ގެ ދަރިވަރުންނަށްވެސް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ.