ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

2018-01-24 08:15

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު: 1

މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350.00ރ ގެ ރޭޓުން މުސާރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު: 08:00 އިން 16:00 އަށް.

މަސައްކަތް ކުރަންޖެހޭ މުއްދަތު: 2 މަސް ދުވަސް (ދެވިފައިވާ މުއްދަތައް މަސައްކަތް ފުރިހަމަނުކުރެވިއްޖެނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ)

ފެންވަރު ނުވަތަ ޝަރުތު:

  1. ކޮމްޕިއުޓަރ އެޕްލިކޭޝަންތަށް ބޭނުންކުރަން ރަނގަޅަށް އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން. 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން/ސެޓްފިކެޓްތަކުގެ ކޮޕީ.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • މި އޮފީހުގެ ލިޔެކިޔުންތައް  ސްކޭންކުރުން.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން  31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]