އެމްއާރްޕީއެސްގެ ބައިވެރިން ތެރެއިން 2018 ވަނަ އަހަރު ޕެންޝަން ލިބޭ އުމުރު ހަމަވާ ބޭފުޅުންނަށް ބޭއްވުނު މައުލޫމާތު ދިނުމުގެ ސެޝަން

2018-02-21 11:16

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން 2018 ވަނަ އަހަރު ޕެންޝަން ލިބޭ އުމުރު (65 އަހަރު) ހަމަވާ ބޭފުޅުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންގެ މަޤްސަދަކީ ޕެންޝަން ލިބެން ކައިރިވެފައިވާ ބޭފުޅުންނަށް ޕެންޝަނާއި ގުޅޭގޮތުން އެނގުން މުހިންމު މައުލޫމާތު ދިނުމެވެ.

މި ސެޝަނުގައި ދެވުނު މައުލޫމާތު ތަކުގެ ތެރޭގައި ޕެންޝަނަށް އެދި ފޯމު ހުށަހެޅުމުގައި ޢަމަލު ކުރަންވީގޮތާއި، ރިޓަޔަރމަންްޓް ސޭވިނގްސް އެކައުންޓް ބެލެންސް ބައްލަވަނާނެގޮތް ކިޔާދެވުނެވެ. މީގެ އިތުރުން މަހުންމަށް ފައިސާ ޖަމާވާނެ މިންވަރު ބެލުމާއި، ޕެންޝަން މެދުވެރިކޮށް ފޯރުކޮށްދެވޭ އެކި ޕެންޝަން ސްކީމުތަކުން ލިބޭ ޕެންޝަން ހިސާބު ކުރާ ގޮތުގެ މައުލޫމާތު ހިމެނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށްފަހު ޕެންޝަނާއި ގުޅޭ ގޮތުން ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންދެވުނެވެ.