7 ވަނަ ފައިނޭންސް ފޯރަމް ކާމިޔާބުކަމާއިއެކު ނިންމާލުން

2018-05-02 12:24

 

7 ވަނަ ފައިނޭންސް ފޯރަމް އެޕްރީލް 30 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވައިފިއެވެ.

ކުރީއަހަރުތަކެކޭ އެއްފަދައިން  މިއަހަރުގެ ފޯރަމްގައި ވެސް ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މިއަހަރުގެ ފޯރަމް ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރ  އަހްމަދު ނަސީރެވެ.

ގަވަރނަރުގެ އިތުރުން ފޯރަމްގައި މައުލޫމާތު ދެއްވި އެހެން ބޭފުޅުންނާއި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވަނީ  ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުން ފޯރަމްގެ ބައިވެރިންނާއި އަގުހުރި މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.