ޕެންޝަނާބެހޭ މައުލޫމާތު ދިނުމުގެ ސެޝަން ތަކެއް އައްޑޫ ސިޓީ ގައި ބާއްވައިފިއެވެ.

2018-05-13 12:47

މިނިސްޓްރީ އޮފް ޖެންޑަރ އެންްޑް ފެމިލީއާއި ޕެންޝަން އޮފީހާ ގުޅިގެން  ކުރިޔަށް ގެންދާ ރަންވޭލާ ޕްރޮގްރާމްގެ ދަށުންގެ 8  އިން 10 މޭ ގެ ނިޔަލަށް އައްޑޫ ސިޓީގެ 3 އަވަށެއްގައި  މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާއިފިއެވެ.

މިސެޝަންތައް ބާއްވާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ، މީދު އަދި ހުޅޫދޫ މި ތިން އަވަށުގައެވެ.މިސެޝަންތަކުގައި ޕެންޝަން އޮފީހުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން ޕެންޝަން އޮފީހުން ޚިދުމަތް  ލިބިގަތުމުގައި ޕެންޝަަނަރުންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރާނެ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

 

މި ސެޝަން ތަކުގެ މައުގަނޑު މަޤްސަދަކީ ޕެންޝަނަރުންނާއި ޕެންޝަން އޮފީހާއި އޮންނަ ގުޅުން ބަދަހިކުރުމާއި އެފަރާތްތަކަށް ޕެންޝަން އޮފީހުން ޚިދުމަތް ލިބިގަތުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ އިތުރުން ޕެންޝަނާއި ބެހޭގޮތުން ޕެންޝަނަރުންނަށް އެނގުން މުހިންމު މައުލޫމާތު ފޯރުކޮށްދިނުމެވެ.

 

މި ސެޝަންތަކަށް ޕެންޝަނަރުންގެ ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ.