ވަޒީފާގެ ފުރުސަތު - ޑިރެކްޓަރ، ޕެންޝަން އެޑްމިނިސްޓްރޭޝަން

2018-06-04 12:19

ވަޒީފާގެ ފުރުސަތު

216-MPAO/IUL/2018/24 :ނަންބަރު

ޓާރމްސް އޮފް ރިފަރެންސް

ޖޮބް އެޕްލިކޭޝަން ފޯމް

 

މަޤާމު: ޑިރެކްޓަރ، ޕެންޝަން އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

މަަސައްކަތް ކުރާ ތަން: މޯލްޑިވްސް ޕެންޝަން އޮފީސް

ޑިވިޜަން: ޕެންޝަން އެޑްމިނިސްޓްރޭޝަން އެންޑް ޓެކްނޮލޮޖީ

 

މުސާރަ އާއި އެލަވަންސް: އަސާސީ މުސާރަ: 26،000ރ 

ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5,500.00ރ ދެވޭނެއެވެ

 

ވަޒީފާގެ ބާވަތް : 1 އަހަރުގެ  ކޮންޓްރެކްޓް (3މަހުގެ ޕްރޮބޭޝަން) 

ނޯޓު: 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައިކޮންޓްރެކްޓް އައު ކުރެވޭނެއެވެ. ނުވަތަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ

ރަސްމީ މަސައްކަތު ގަޑި: ސަރުކާރު ބަންދުނޫން ކޮްންމެ ދުވަހެއްގެ 08:00 - 16:00 އަށް

ތަަަަޢުލީމީ ޕެންވަރު: ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން

ތަަޖުރިބާ: ހިންގުމުގެ ދާއިރާގައި ( މެނޭޖީރިއަލް މަޤާމެއްގައި) މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހާސިލްކޮށްފައިވުން

މަަަޤާމުގެ މަސްޢޫލިއްޔަތުތައް: މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ  ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ
  • ޝަރުގުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ
  ނޯޓް:
 • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
 • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު: މި މަޤާމަށް މުއައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު؛ 24 ޖޫން 2018 އިން 28  ޖޫން 2018 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނު ކުރުން އޮންނާނީ، މި އިދާރާއިން ކަނޑައަޅާ މެމްބަރުން ( މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ

ސުންގަޑީ: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2018 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]