ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
2018-07-01 09:51
ނަންބަރު: 216-MPAO/IUL/2018/31
ވަޒީފާގެ ފުރުޞަތު
މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
ބޭނުންވާ ޢަދަދު: 02
މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350.00ރ ގެ ރޭޓުން މުސާރަ ދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ވަގުތު: 08:00 އިން 16:00 އަށް.
މަސައްކަތް ކުރަންޖެހޭ މުއްދަތު: 3 މަސް ދުވަސް (ދެވިފައިވާ މުއްދަތައް މަސައްކަތް ފުރިހަމަނުކުރެވިއްޖެނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ)
ފެންވަރު ނުވަތަ ޝަރުތު:
- ކޮމްޕިއުޓަރަށް އަހުލުވެރި، މައިކްރޮސޮފްޓް އެޕްލިކޭޝަންތަށް ބޭނުންކުރަން ރަނގަޅަށް އެނގުން.
- ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
- ޖީ ސީ އީ އޯލެވެލް ފެންވަރު ހުރުން
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
މަޤާމުގެ މަސްއޫލިއްޔަތު:
- މި އޮފީހުގެ ލިޔެކިޔުންތައް އަރްޝީފްކުރުމަށް (އާރކައިވް) ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން .
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އީމެއިލް: [email protected]
01 ޖުލައި 2018