އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު - އޮފީސް ކޮންސިއުމަބްލްސް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމާބެހޭ

2018-07-04 10:32

 ނަންބަރު: M216-MPAO/IUL/2018/26

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

 

އޮފީސް ކޮންސިއުމަބްލްސް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް އޮފީސް ކޮންސިއުމަބްލްސް(ޓިޝޫ، ސޯޕް އަދި އެއަރ ފްރެޝްނާފަދަ ތަކެތި) އެއް އަހަރު ދުވަހަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމެގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 11 ޖުލައި 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:30 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޙް 18 ޖުލައި  2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:30 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.



20  ޝައްވާލް 1439 ހ

04 ޖުލައި 2018 މ