ވަޒީފާގެ ފުރުޞަތު - ޗީފް ފައިނެންޝަލް އޮފިސަރ

2018-08-05 15:37

 

ނަންބަރު: 216-MPAO/IUL/2018/38 

ވަޒީފާގެ ފުރުޞަތު

ޓާރމްސް އޮފް ރިފަރެންސް

ޖޮބް އެޕްލިކޭޝަން ފޯމް

 

މަޤާމް: ޗީފް ފައިނެންޝަލް އޮފިސަރ
ޑިޕާޓްމަންޓް: އިންވެސްޓްމަންޓް އެންޑް ފައިނެންޝަލް މެނޭޖްމަންޓް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: 02 އަހަރުގެ ކޮންޓްރެކްޓް ( 02 އަހަރު  ހަމަވުމުން މަސައްކަތުގެ ފެންވަރަށް

ބަަލައި ވަޒިފާ ދާއިމީ ކުރެވޭނެއެވެ )

ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ފެންވަރު ނުވަތަ ޝަރުތު:

 1. އެކައުންޓިންގ ނުވަތަ ފައިނެންސްގެ ދާއިރާއިން ލެވެލް 9 ގެ ސަނަދެއް ނުވަތަ އޭ.ސީ.ސީ.އޭ ، ސީ.ޕީ.އޭގެ  ސަނަދެއް ޙާސިލްކޮށްފައިވުން .
 2. ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ (މެނޭޖީރިއަލް އެކްސްޕީރިއެންސް) ލިބިފައިވުން.

މުސާރަ އާއި އިނާޔަތްތައް:

 • އަސާސީ މުސާރަ: 35,860ރ
 • ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5,500.00ރ.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތުތަކާއި ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
 • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ  ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 • މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިޔުން  

 

ނޯޓް:

 • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
 • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.އިވެލުއޭޝަން މަރުހަލާ ތަކާއި މުއްދަތު

މި މަޤާމަށް މުއައްޒަފު ހޮވުމަށް ބާއްވާ އިވެލުއޭޝަންގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ 02  ސެޕްޓެމްބަރ 2018 އިން 20 ސެޕްޓެމްބަރ 2018 އާއި ދެމެދު މި އިދާރާއިން ކަނޑައަޅާ ތަނެއްގައި، މި އިދާރާއިން ކަނޑައަޅާ މެމްބަރުން ( މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 30  އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]

 

05  އޯގަސްޓް  2018