އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު - އޮފީސް ޓީޝާރޓު ސަޕްލައިކޮށްދިނުމާބެހޭ

2018-08-06 16:08

 

 

ނަންބަރު: 216-MPAO/IUL/2018/39

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު

 

 

އޮފީސް ޓީޝާރޓު ސަޕްލައިކޮށްދިނުމާބެހޭ

މި އޮފީހުގެ އެކިއެކި ޙަރަކާތްތަކުގައި މުވައްޒަފުން ބޭނުން ކުރުމަށް އޮފީސް ޓީޝާޓް، ސްޕޯޓްސް ޖާޒީ އަދި ތޮފި މި އޮފީހުން ދޭ ކުރެހުމާ އެއްގޮތަށް ހައްދަވައިދެއްވާ، 01 (އެކެއް) އަހަރުގެ މުއްދަތައް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 13 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

 

24 ޛުލްޤަޢިދާ 1439 ހ

06 އޮގަސްޓް 2018 މ