މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ރެޑް ކްރެސެންޓް އާއި ދެމެދު ފަހުމުނާމާ ގައި ސޮއިކުރުން

2018-11-08 11:38

 

 

އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް ޙައްލުކުރުމަށް އެހީތެރިވެދިނުމަށާއި، މިނިވަންކަމާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް އުމުރުން ދުވަސްވީ މީހުންނަށް ހިއްވަރުދީ އެހީތެރިވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ރެޑް ކްރެސެންޓް (އެމް އާރު ސީ) އާއި ދެމެދު ފަހުމުނާމާ އެއްގައި މިއަދު ސޮއި ކޮށްފިއެވެ.

ޕެންޝަން އޮފީހުގައި ކުރިޔަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ ޕެންޝަން އޮފީހުގެ ސީ.ޢީ.ޢޯ  މުޙައްމަދު ޙުސައިން މަނިކު އެވެ. އަދި ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ސޮއި ކުރެއްވީ ދިވެހި ރެޑްކްރެސެންޓްގެ އަމީން ޢާންމު ޢާއިޝަތު ނޫރާ މުޙައްމަދު އެވެ.

މި އެއްބަސްވުމުގެ ދަށުން،  އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި ، އިޖުތިމާޢީ ގޮތުން އެކަހެރިވުން ވީހާވެސް ކުޑަކުރަން މަސައްކަތް ކުރުމަށާއި، މުޖުތަމުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ