މަރާމާތު މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

2019-01-20 15:48

 

ނަންބަރު: 216-MPAO/IUL/2019/4

 

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތުމަރާމާތު މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

 

މިއޮފީހުގަ ކުރަންޖެހޭ ފެންވައިރުކުރުމުގެ މަސައްކަތް، ކަރަންޓް ވައިރުކުރުމުގެ މަސައްކަތް، ލަކުޑީގެ މަސައްކަތް، ވީ.އާރު.އެފް އޭސީ  ސާވިސްކުރުން އަދި މިނޫންވެސް ބައެއް މަރާމާތު މަސައްކަތްތައް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ދަފްތަރެއް 1 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލަން ބޭނުންވެއެވެ. 2019 ވަނަ އަހަރު މި އޮފީހުގަ ކުރަންޖެހޭ އިސްވެ ދެންނެވުނު ފަދަ މަސައްކަތްތައް ޙަވާލުކުރެވޭނީ މި ދަފްތަރުގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަސައްކަތަކާ ގުޅިގެން އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅުއްވާ ފަރާތަކަށެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

14 ޖުމާދަލްއޫލާ 1440

20 ޖަނަވަރީ 2019