ވަޒީފާގެ ފުރުޞަތު - ޑިރެކްޓަރ، ކޮމިއުނިކޭޝަންސް

2019-02-12 15:08

 

ނަންބަރު: 216-MPAO/IUL/2019/07

 

ވަޒީފާގެ ފުރުޞަތު

 

ޓާރމްސް އޮފް ރިފަރެންސް

އެޕްލިކޭޝަން ފޯމް

 

"ޑިރެކްޓަރ، ކޮމިއުނިކޭޝަންސް" ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި އޮފީހުން ކޮށްފައިވާ ނަންބަރު MPAO/IUL/2019/6ގ-216  (31 ޖަނަވަރީ 2019) އިޢުލާނާ ގުޅިގެން، އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ. އަދި މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތްތަކުގެ  އެޕްލިކޭޝަން އިވެލުއޭޝަނަށް ބޭނުންކުރެވޭނެއެވެ.

 

މަޤާމް: ޑިރެކްޓަރ، ކޮމިއުނިކޭޝަންސް


ޑިޕާޓްމަންޓް: ޕަބްލިކްރިލޭޝަންސް

ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް:  01 އަހަރުގެ ކޮންޓްރެކްޓް ( 01 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ކޮންޓްރެކްޓް އައު ކުރެވޭނެއެވެ. ނުވަތަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ. )

ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

 

ފެންވަރު ނުވަތަ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ރިލޭޝަންސް ނުވަތަ މާސް ކޮމިއުނިކޭޝަން ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން

 

މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 26،000.00ރ
  • ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5،500.00ރ ދެވޭނެއެވެ.
  • އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5،000.00ރ ދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ

 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަޤާމުގެ ޓީ.އޯ.އާ.ރު ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

 

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު

މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން 03 މާރިޗު 2019 އިން 07 މާރިޗު 2019 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން އިވެލުއޭޓްކުރާނީ، މި އިދާރާއިން ކަނޑައަޅާ މެމްބަރުން ( މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

 

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ފެބްރުވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441

އީމެއިލް:  [email protected]

 

12 ފެބުރުވަރީ 2019