މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާރސަން ޢައްޔަންކުރުމާބެހޭ

2019-03-10 14:46

 

ނަންބަރު: 216-MPAO/IUL/2019/10

 

އިޢުލާން

 

ޓާރމްސް އޮފް ރިފަރެންސް

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާރސަން ޢައްޔަންކުރުމާބެހޭ

 

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕާރސަނާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.

 

މިގޮތުން، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާރސަންގެ މަޤާމު 18 ފެބްރުއަރީ 2019 ގައި ހުސްވެފައިވާތީ، ޗެއަރޕާރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

ބޯޑުގެ ޗެއަރޕާރސަން ޢައްޔަން ކުރައްވަނީ، މިކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ ނަންތައް، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ފާސްކުރެއްވުމަށްފަހު ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާއެވެ.  

 

ފެންވަރު ނުވަތަ ޝަރުޠުތައް

 

  1. ވިޔަފާރީގެ ރޮނގުން ނުވަތަ އިޤްތިޞާދީ ރޮނގުން ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުން.
  2. މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ޝަރުޠުތަކާއި ކަންކަން ފުރިހަމަވުން.

 

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެއެވެ.

  • ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފައިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  • ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް.

 

ވީމާ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަުގެ ޗެއަރޕާރސަންގެ މަޤާމަށް ކުރިމަތިލައްވަން ޝަޢުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 24 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އިން އިސްވެ ބަޔާންކޮށްފައިވާ މަޢުލޫމާތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ މަސްޢޫލިއްޔަތުތަކާއި، ޝަރުޠުތަކާއި، އަދި ޒިންމާތައް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (8 ވަނަ ފަންގިފިލާ)،

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 1441

އީމެއިލް: [email protected]



10 މާރިޗު 2019