ލެޕްޓޮޕް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

2019-03-27 14:26

 

ނަންބަރު: 216MPAO/IUL/2019/12



އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު

 

ލެޕްޓޮޕް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ  

 

މިއޮފީހުގެ ބޭނުމަށް 08 ލެޕްޓޮޕް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 216MPAO/IUL/2019/8 އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިއުލާނު ބާތިލުކޮށް،  އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރައްވާ ފަރާތެއްކަމުގައި ނުވާނަމަ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް (ލެޕްޓޮޕް ސްޕެސިފިކޭޝަންސް އަދި އެހެނިހެން މަޢުލޫމާތު) މިއޮފީހުގެ ވެބްސައިޓްގެ ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެއްވޭނެއެވެ.

 

https://www.pension.gov.mv/downloads/3685

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.



20 ރަޖަބް 1440

27 މާރިޗް 2019