ފަރުޟް ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، ހައްޖުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ އެކު އެއްބަސްވުން ގާއިމު ކުރުމާ ގުޅޭ:

2019-05-29 13:43

 

އިޢުލާން

ނަންބަރު: 216-MPAO/IUL/2019/19

ފަރުޟް ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، ހައްޖުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ އެކު އެއްބަސްވުން ގާއިމު ކުރުމާ ގުޅޭ:

ފަރުޟް ހައްޖު ވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން މިއޮފީހާއެކު އެއްބަސްވުން ޤާއިމުކޮށް ހައްޖުވުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ހައްޖުވުމުގެ ޚިދުމަތްދިނުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މިއޮފީހަށް އެކަން އެންގެވުން އެދެމެވެ.

24 ރަމަޟާން 1440

29 މޭ 2019