ޕެންޝަންތައް ލިބެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސާވޭއާ ބެހޭ

2019-06-19 09:52

216-MPAO/IUL/2019/22 :ނަންބަރު

ތަފާތު ޕެންޝަންތައް ލިބެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން 23 ޖޫން 2019 ވަނަ ދުވަހުން ފެށިގެން 23 ޖުލައި 2019 ވަނަ ދުވަހާ ދެމެދު ޕެންޝަނާބެހޭ ސާވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިސާވޭގެ ބޭނުމަކީޕެންޝަން ފޯރުކޮށްދޭ ފަރާތްތަކަށް ޕެންޝަން އޮފީހުން  ދެމުންގެންދާ ޚިދުމަތްތަކާމެދު އެ ފަރާތްތަކުން ދެކޭގޮތް ބަލާ، އިތުރަށް ރަގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަނެ،  ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމެވެ. މިސާރވޭގައި މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ފޯނުން ގުޅައިގެންނާއި، ޕެންޝަން ލިބެމުންދާ ފަރާތްތަކަށް ޒިޔާރަތްކޮށްގެންނެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ މުއްދަތުގައި މި ސަރވޭ ކުރިއަށްދާއިރު، ޕެންޝަން ލިބެމުންދާ ފަރާތްތަކަށް ޕެންޝަން އޮފީހުގެ ފޯނު ނަންބަރު 1441ން ގުޅަމުންދާނެ ވާހަކަ ދަންނަވަމެވެ.

                 16 ޝަޢުބާން 1440ހ،

                 19 ޖޫން 2019 މ،