ވަޒީފާގެ ފުރުސަތު، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

2019-06-30 13:11

216-MPAO/IUL/2019/17:ނަންބަރު

 

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

 

ވަޒީފާގެ ފުރުޞަތު

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު: 02

މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 350.00ރ ގެ ރޭޓުން މުސާރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު: 08:00 އިން 16:00 އަށް.

މަސައްކަތް ކުރަންޖެހޭ މުއްދަތު: 3 މަސް ދުވަސް (ދެވިފައިވާ މުއްދަތައް މަސައްކަތް ފުރިހަމަނުކުރެވިއްޖެނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ)

 

ފެންވަރު ނުވަތަ ޝަރުތު:

  1. ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށް ވުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
  3. ޖީ ސީ އީ އޯލެވެލް ފެންވަރު ހުރުން

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.) 
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ  ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

 

މަޤާމުގެ މަސްއޫލިއްޔަތު:

 

  • މި އޮފީހުގެ  ލިޔެކިޔުންތައް  އަރްޝީފްކުރުމަށް (އާރކައިވް)  ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected] 

30 ޖޫން 2019