އޮފީސް ކޮންސިއުމަބުލްސް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

2019-07-18 09:19

ނަންބަރު: 216-MPAO/IUL/2019/28

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު

 

އޮފީސް ކޮންސިއުމަބުލްސް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ 

 

މިއޮފީހަށް ބޭނުންވާ އޮފީސް ކޮންސިއުމަބުލްސް (ޓިޝޫ، ހޭންޑް ވޮޝް، އެއާރ ފްރެޝްނާރ ފަދަ ތަކެތި) އެއް އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

 

ތާރީޚު: 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި

 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

އަންދާސީ ހިސާބު ބަލައިގަތުން:

 

ތާރީޚު: 30 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި

 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

14 ޛުލްޤައިދާ 1440

17 ޖުލައި 2019