ޕެންޝަން އޮފީހުގެ ޚިދުމަތްތަކަށް އެދި ހުށަހަޅާ ފޯމުތައް ބަދަލުވުމާބެހޭ

2019-09-19 14:21

 

216-MPAO/CIR/2019/6 ސަރކިއުލަރ ނަންބަރު

ޕެންޝަން އޮފީހުގެ ޚިދުމަތްތަކަށް އެދި ހުށަހަޅާ ފޯމުތައް ބަދަލުވުމާބެހޭ

ޕެންޝަން އޮފީހުން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކަށް އެދޭ ފޯމުތައް މުޠާލިޢާ ކުރުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މިގޮތުން މިހާރު ބޭނުން ކުރަމުންދާ "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުގެ ފޯމް" އާއި "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީ ކުރުމަށް އެދޭފޯމު" ބަދަލުކޮށް، އާ ފޯމު ވަނީ 17 ސެޕްޓެންބަރު 2019 ވަނަ ދުވަހު ޕެންޝަން އޮފީހުގެ ވެބްސައިޓަށް ލާފައެވެ. މިފޯމުތަކުގެ ނަންވެސް ވަނީ ތިރީގައިވާ ގޮތަށް ބަދަލުކޮށްފައެވެ. 

 

ފޯމުގެ ކުރީގެ ނަން 

އާ ފޯމުގެ ނަން

ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުގެ ފޯމް

ޕެންޝަނަށް އެދޭ ފޯމް

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީ ކުރުމަށް އެދޭފޯމު

ވަޒީފާދޭފަރާތް ރަޖިސްޓަރީވުމަށް އެދޭ ފޯމް 

 

އާ ފޯމުތައް މަތީގައިވާ ތާރީޚުން ފެށިގެން ބޭނުންކުރަން ފެށިކަމުގައިވިޔަސް، ކުރިން ބޭނުންކުރަމުންދިޔަ "ޕެންޝަނަށް އެދޭ ފަރާތުގެ މަޢުލޫމާތުގެ ފޯމް" އާއި "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީ ކުރުމަށް އެދޭފޯމު" މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ. ތަޢާރަފްކުރި އާފޯމުތައް ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޕެންޝަނަށް އެދި ޢާންމު ރައްޔިތުން ހުށަހަޅުއްވާ ފޯމުތައް ޕެންޝަން އޮފީހަށް ފޮނުއްވުމުގައި ކައުންސިލްތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.  

                     18 މުޙައްރަމް 1441 ހ، 

                     17 ސެޕްޓެންބަރު 2019މ،