ޗީފް އެގްޒެކެޓިވް އޮފިސަރ ވަޒީފާގެ އިޢުލާނު ބާޠިލުކުރުން

2019-10-07 15:42

216-MPAO/IUL/2019/44 :ނަންބަރު

ޗީފް އެގްޒެކެޓިވް އޮފިސަރ ވަޒީފާގެ އިޢުލާނު ބާޠިލުކުރުން

 

މި އޮފީހުން 1 އޮގަސްޓް 2019 ގައި ކޮށްފައިވާ ނަމްބަރު 216s-MPA0/IUL/2019/31ހއިޢުލާނާއި އަދި 3 ސެޕްޓެމްބަރު 2019 ގައި ކޮށްފައިވާ ނަމްބަރު 216s-MPA0/IUL/2019/38ހއިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. 

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، ޝަރުޠު ހަމަވާ އެޕްލިކޭޝަން އެކަށީގެންވާ އަދަދަކަށް ލިބިފައި ނުވާކަމަށް ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ނިންމަވާފައެވެ. އެހެންކަމުން، އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމަވާފައިވާތީ، ޙަވާލާދީފައިވާ އިޢުލާނު ބާޠިލުކޮށް އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާނެ  ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

07 އޮކްޓޯބަރ 2019