އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ
2019-10-08 16:13
216-MPAO/IUL/2019/45 :ނަންބަރު
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު
އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ
މިއޮފީހަށް މިދަންނަވާ އިންޝުއަރެންސް ޚިދުމަތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިއޮފީހުގެ މުވައްޒަފުންނަށް "ކޯޕަރޭޓް ހެލްތު އިންޝުއަރެންސް" ފޯރުކޮށްދިނުން.
- މިއޮފީހުގެ ފަރާތުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް "ޓްރެވަލް އިންޝުއަރެންސް" ފޯރުކޮށްދިނުން.
- މިއޮފީހުގެ އޮފީސް ޢިމާރާތުގައި ބޭނުންކުރާ ފަރުނީޗަރާއި ފިކްސްޗާރސް އަދި އިކުއިޕްމަންޓްތަކަށް "ފަޔާރ އެންޑް ޕެރިލްސް އިންޝުއަރެންސް" ފޯރުކޮށްދިނުން.
ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 14 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚު: 21 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
09 ޞަފަރު 1441
08 އޮކްޓޫބަރު 2019