2020 ވަނަ އަހަރުގެ ކަލަންޑަރުގެ 'ފޮޓޯގްރަފީ އަދި އާރޓްވޯކް ޑިޒައިނިންގ' މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

2019-10-20 08:38

216-MPAO/IUL/2019/47:ނަންބަރު  

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު"މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 2020 ވަނަ އަހަރުގެ ކަލަންޑަރުގެ 'ފޮޓޯގްރަފީ އަދި އާރޓްވޯކް ޑިޒައިނިންގ' މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ 

 

 

ޕެންޝަން އޮފީހުން 02 އޮކްޓޯބަރ 2019 ތާރީޚުގައި ކުރި 216 MPAO/IUL/2019/42 ނަންބަރު އިޢުލާން އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ 'ފޮޓޯގްރަފީ އަދި އާރޓްވޯކް ޑިޒައިނިންގ' ދެވަނަ ފަހަރަށް އިޢުލާން ކުރުމެވެ.

 

މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 2020 ވަނަ އަހަރުގެ ކަލަންޑަރުގެ "ފޮޓޯގްރަފީ އަދި އާރޓްވޯކް ޑިޒައިނިންގ" މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައި ނުވާނަމަ ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 22 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު:27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

18 ޞަފަރު 1441 

17 އޮކްޓޯބަރ 2019