ޕެންޝަން އޮފީހުން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކަށް އެދޭ ފޯމުތައް ބަދަލުވުމާބެހޭ

2019-11-19 14:08

216-MPAO/IUL/2019/55 :ނަންބަރު                                                                

 

އިޢުލާން

ޕެންޝަން އޮފީހުން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކަށް އެދޭ ފޯމުތައް ބަދަލުވުމާބެހޭ

 ޕެންޝަން އޮފީހުން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކަށް އެދޭ ފޯމުތައް މުޠާލިޢާކޮށް، އިތުރަށް ރަގަނޅު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މިގޮތުގެމަތިން، ތިރީގައިވާ ފޯމުތައްވަނީ ބަދަލުކޮށް ޕެންޝަން އޮފީހުގެ ވެބްސައިޓަށް ލާފައެވެ. އާ ފޯމުތައް ބޭނުންކުރަން ފެށިކަމުގައިވިޔަސް، ތާވަލުގައިވާ ތާރީޚުތަކާއި ހަމައަށް ކުރިން ބޭނުންކުރަމުންދިޔަ ފޯމުތައް  ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ.

 

އާ ފޯމުގެ ވާރޝަން ނަންބަރު

އާ ފޯމުގެ ނަން

ކުރީގެ ފޯމު ބަލައިގަންނާނެ ފަހު ތާރީޚު 

MPAO-0001-BC-V3 Sep 2019

ޕެންޝަނަށް އެދޭ ފޯމް

31 ޑިސެންބަރު 2019

MPAO-0003-ER-V2 Sep 2019

ވަޒީފާދޭފަރާތް ރަޖިސްޓަރީވުމަށް އެދޭ ފޯމް 

31 ޑިސެންބަރު 2019

MPAO-0006-CF-V2 Sep 2019

މައްސަލަ ހުށަހަޅާ ފޯމު

31 ޖަނަވަރީ 2020

MPAO-0005-PC-V2 Sep 2019

ޕޯޓުފޯލިއޯ ބަދަލު ކުރުމަށް އެދޭ ފޯމު

31 ޖަނަވަރީ 2020

MPAO-0004-BA-V2 Sep 2019

ބޭންކު އެކައުންޓް ބަދަލުކުރުމަށް އެދޭ ފޯމް

31 ޖަނަވަރީ 2020

MPAO-0007-IC-V2 Sep 2019

މަޢުލޫމާތު ބަދަލުކުރަން އެދޭ ފޯމު

31 ޖަނަވަރީ 2020 


ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

       21 ރަބީޢުލް އައްވަލު 1441 ހ، 

         18 ނޮވެންބަރު 2019މ،