ހައުސިންގ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ޕެންޝަން ފަންޑުން އިންވެސްޓްކުރުން

2019-12-11 14:57

 

ހައުސިންގ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ޕެންޝަން ފަންޑުން އިންވެސްޓްކުރުން

އިމާރާތްކުރުމަށާއި ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުން ލިބިފައިވާ 2 އިންވެސްޓްމަންޓް ފުރުސަތުގައި ޕެންޝަން އޮފީހުން ހުސްވި ނޮވެންބަރުމަހުގެ ތެރޭގައި ޖުމްލަ 414 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފިއެވެ. މި އިންވެސްޓްމަންޓް ފުރުސަތުތަކަކީ ޕެންޝަން އޮފީހަށް، މި އަހަރުގެ މިހާތަނަށް، ޕެންޝަނަށް ރައްކާކުރުމަށްޓަކައި ލިބުނު ފައިސާގެ 40.8 އިންސައްތައެވެ. މި ފައިސާއިން ކޮށްފައިވާ އިންވެސްޓްމަންޓްތަކަކީ:

  •  ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އިން މޯގޭޖް ފައިނޭންސިންގެ ގޮތުގައި ބޭނުންކުރުމަށް ފައިސާ ހޯދުމުގެ ގޮތުން 22 ސެޕްޓެމްބަރު 2019 ގައި އިޝޫކުރި ފިކްސްޑް އިންކަމް ބޮންޑް އަދި ސުކޫކްގައި ޖުމްލަ 164 މިލިއަން ރުފިޔާ؛ އަދި
  • ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ހުޅުމާލޭގައި ހިންގާ 1530 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ފައިނޭންސިންގ ހަމަޖެއްސުމަށްޓަކައި ސަރުކާރުން 25 ނޮވެމްބަރ 2019 ގައި އިޝޫކުރި 10 އަހަރުގެ ޓްރެޜަރީ ބޮންޑްގައި ޖުމްލަ 250 މިލިއަން ރުފިޔާ އެވެ.

ޕެންޝަން އޮފީހުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ޕެންޝަން ފަންޑުގެ މެމްބަރުންނަށް އެންމެ ރަގަޅު ފައިދާ އެއް ލިބޭ ފުރުސަތުތަކުގައި ރައްކާތެރިކަމާއި އެކުގައި އިންވެސްޓް ކުރުމަށެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާއި ޕްރައިވެޓް ސެކްޓަރުން ލިބެން ހުރި ފުރުސަތުތަކުގައި މެމްބަރުންނަށް ފައިދާވާނެ އިންވެސްޓްމަންޓްތައް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.