މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

2020-04-08 13:25

މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްއިން (އެމް.އައި.ބީ)، ޖުލައި 2019 ގައި އާންމުކޮށް ޙިއްޞާ ވިއްކުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެ ޕެންޝަން އޮފީސްވަނީ އެމް.އައި.ބީ ގެ މޭޖަރ ޝެއަރހޯލްޑަރ އަކަށްވެފައެވެ. އެހެންކަމުން، އެމް.އައި.ބީގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނޮމިނޭޓް ކުރުމުގެ ފުރުޞަތު ޕެންޝަން އޮފީހަށްވަނީ ލިބިފައެވެ. 

ވީމާ، އެމް.އައި.ބީގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމަށް 15 މާރިޗު 2020 ވަނަ ދުވަހު ކުރި އިއުލާނު ނަންބަރު: 216MPAO-EB/IUL/2020/2 އަށް އިޖާބަދެއްވާފައިވާ ފަރާތްތަކުގެ އަދަދު މަދުކަމުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަޅުން ހުޅުވާލާ ވާހަކަ ދަންނަވަމެވެ. މި މަޤާމަށް ކުރިން އެޕްލިކޭޝަން ހުށަހަޅުއްވައިފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަންޖެހިވަޑައިނުގަންނަވާނެ ކަމުގައިވެސް ދަންނަވަމެވެ. 

 

މަޤާމުގެ މަޢުލޫމާތު: 

މަޤާމު: މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑްގެ ބޯޑު ޑިރެކްޓަރ 

ޢަދަދު: 1 (އެކެއް) 

މަޤާމުގެ މުއްދަތު: 3 (ތިނެއް) އަހަރު 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތައް:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާން ކޮށްފައިވާ  ތަޢުލީމީ ފެންވަރާއި، މަސްއޫލިއްޔަތުތަކާއި އަދި އެހެނިހެން ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ. އަދި  ޓީ.އޯ.އާރު ގެ އިތުރުން ޕެންޝަން އޮފީހުގެ "ނޮމިނީ ޑިރެކްޓަރ ޕޮލިސީ" ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ވެސް ފުރިހަމަ ވާންޖެހޭނެއެވެ. ޓީ.އޯ.އާރު އާއި "ނޮމިނީ ޑިރެކްޓަަރ ޕޮލިސީ" މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ "ޖޮބް އެޕްލިކޭޝަން ފޯމް"
  • ފުރިހަމަ ކޮށްފައިވާ "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް"
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އެއާގުޅޭ އިތުރު ސަޕޯޓިންގ ލިޔެކިޔުންތައް

 

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތް:

  • މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ކަމުގައި ވުމުން، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު) ފޮނުވާނީ info@pension.gov.mv އީ-މެއިލް އެޑްރެހަށެވެ. 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.
  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން "ކުށުގެ ރިކޯޑް ފޯމް" ފުރިހަމަކޮށް، ޕެންޝަން އޮފީހުގެ އެންގުމުގެ މަތިން ހުށަހަޅަންވާނެއެވެ. 

 ސުންގަޑި:

މި މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ނޮމިނީ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޖޮބް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު، 23 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މަތީގައި ބަޔާން ކޮށްފައިވާ ޕެންޝަން އޮފީހުގެ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 

މި މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރެފަރަންސް، ނޮމިނީ ޑިރެކްޓަރޝިޕް ޕޮލިސީ، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު, އަދި "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" މި އޮފީހުގެ ވެބްސައިޓް:www.pension.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

8 އެޕްރީލް 2020