ދެ ދާއިރާއަކުން އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން މިންގަޑުތައް ޕެންޝަން އޮފީހުން ޙާސިލުކޮށްފި

2020-06-27 14:20

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދަނީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (issa)ގެ މިންގަޑުތަކަށް ކަމުގައި އެޖަމްއިއްޔާއިން ކަނޑައަޅައިފިއެވެ.

އިސާއަކީ އެކި ޤައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާރޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިޖަމްއިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެދާއިރާ ހަރުދަނާކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފަޔާއި މަޝްވަރާދީ އެހީތެރިވުން ހިމެނެއެވެ. 
ދުނިޔޭގެ 150 ޤައުމަކުން 320 ފަރާތެއް ބައިވެރިވާ މިޖަމްއިއްޔާގެ މެންބަރަކަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވެފައިވަނީ 2016 ވަނަ އަހަރުއެވެ.

27 ޖޫން 2020