އަމިއްލަވަޒީފާއަދާކުރާ (ސެލްފްއެމްޕްލޯއިޑް)ފަރާތެއް

2016-06-01 03:03

1. އަމިއްލަވަޒީފާއަދާކުރާ (ސެލްފްއެމްޕްލޯއިޑް) ފަރާތެއްގެ ގޮތުގައި ރިޓަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެވެނީ ކޮންބަޔަކަށް؟

އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒިފާދޭ ފަރާތެއްގެ ބާރު ނުފޯރާނޭހެން ނުވަތަ ވަޒިފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަށް ނުވާނޭގޮތަށް، މުދާވިއްކައިގެން ނުވަތަ ޚިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.

 

2. އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްތަ؟

މަޖުބޫރު ކަމެއްނޫނެވެ.

 

3.ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއް ބައިވެރިވުމަށް ފޯމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލަ ވަޒީފާއަދާކުރާ ފަރާތަކުން ފައިސާ ދެއްކޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

 

4. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ބައިވެރިވެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލަ ވަޒީފާއަދާކުރަާ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. 

 

5. އަމިއްލަ ވަޒީފާއަދާކުރާ ފަރާތަތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަން ބޭނުންވާ ފައިސާގެ ތަފްސީލް އެނގޭނީ ކިހިނެތްތޯ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަން ބޭނުންވާ ފައިސާގެ ތަފްސީލް ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެނގެން ހުންނާނެއެވެ.

 

6. ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ބެންކަށް ޖަމާކުރި ފައިސާ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެއްޖެކަން ޔަޤީންވަނެދެން ރިސިޕްޓް ބާއްވަން ޖެހޭނެތޯ؟

ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ބެންކަށް ޖަމާކުރި ފައިސާ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެއްޖެކަން ޔަޤީން ވަންދެން، ފައިސާ ދެއްކުމުން ބޭންކުން ފޯރުކޮށްދޭ ރިސިޕްޓް ރައްކާތެރިކަމާ އެކު ބާއްވަންވާނެއެވެ.

 

7. ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ބެންކަށް ޖަމާކުރި ފައިސާ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެއްޖެކަން ޔަޤީންވާނީ ކިހިނެތްތޯ؟

ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ބެންކަށް ޖަމާކުރި ފައިސާ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެއްޖެކަން ޔަޤީން ކުރުމަށް އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ޗެކް ކުރެވިދާނެ.

ނުވަތަ 1441 އަށް ގުޅައިގެން ބެލިދާނެ.

 

8. އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހެނީ ކިހާ މިންވަރެއް؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާނެ އަދަދު ކަނޑައަޅާނީ އެފަރާތަކުންނެވެ.

 

9. އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ކޮންމެމަހަކު ޕެންޝަން ކޮންޓްރިބިއުޝަން ދައްކަންޖެހޭނެތަ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ކޮންމެ މަހަކު ޕެންޝަން ކޮންޓްރިބިއުޝަން ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ ފަރާތަކުން ބޭނުވާނަމަ ކޮންމެ މަހަކު ކޮންޓްރިބިއުޝަން ދެއްކުމަކަށް ހުރަހެއްނެތެވެ. އެއްފަހަރާ އަހަރުގެ ހުރިހާ މަހަކަށްވެސް ކޮންޓްރިބިއުޓް ކުރެވިދާނެއެވެ.

 

10. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ބައިވެރިވާ ފަރާތަކަށް ސްކީމަށް ދެއްކޭނެ އެންމެ މަދު މިންވަރަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާނެ އަދަދު ކަނޑައަޅާނީ އެފަރާތަކުންނެވެ.

 

11. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ބައިވެރިވާ ފަރާތަކަށް ސްކީމަށް ދެއްކޭނެ އެންމެ ގިނަ މިންވަރަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާނެ އަދަދު ކަނޑައަޅާނީ އެފަރާތަކުންނެވެ.

 

12. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާ ކުރާ ފަރާތްތަކަށް ސަބްސިޑީ ދެވެނީ ކޮންގޮތަކަށް؟

ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީއަށް އެދޭ އަދި ސަބްސިޑީ ލިބުމަށް ޝަރުތު ހަމަވޭތޯ ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް.

 

13. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާ ކުރާ ފަރާތްތަކަށްދެވެނީކިތައް ވައްތަރުގެ ސަބްސިޑީ؟

2 ބާވަތެއްގެ ސަބްސިޑީ

 

14. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާ ކުރާ ފަރާތްތަކަށްދެވޭ ސަބްސިޑީ ތަކަކީ ކޮބައިތޯ؟

• އެއީ ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް އެެއްފަހަރާ ދެވޭ އިނާޔަތާއި،

• އަމިއްލަ ވަޒީފާ އަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާ ދައްކަމުން ދާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތް. 

 

15. ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް ދެވޭ ސަބްސިޑީ ލިބޭނީ ކޮން ފަރާތްތަކަށްތޯ؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީއަށް އެދި ކޮންމެ އަހަރަކުވެސް އެންމެ ފުރަތަމަ ފޯމު  ހުށަހަޅާ 5000 (ފަސްހާސް) ފަރާތަށެވެ.

 

16. ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް ދެވޭ ސަބްސިޑީގެ މިންވަރަކީ ކޮބައިތޯ؟

މި ސަބްސިޑީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭ -/2000 (ދެހާސް) ރުފިޔާއެވެ.

 

17. ރިޓަރޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ ކިހިނެތްތޯ؟

އަމިއްލަ ވަޒީފާ އަދާކުރާ ފަރާތެއްގެ ގޮތުގައި  ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާދައްކަމުންދާ ފަރާތްތަކުގެ ތެރެއިން މަހަކު -/5000ރ ( ފަސްހާސް ރުފިޔާ ) އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށެވެ.

 

18. ރިޓަރޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތުގެ މިންވަރަކީ ކޮބައިތޯ؟  

ސަބްސިޑީއަށް އެދޭ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް އަހަރަކު ޖަމާކުރާ ފައިސާގެ %25 އާއި އެއްވަރުގެ ޢަދަދެއް ޖެހިގެން އަންނަ އަހަރު އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވޭނެއެވެ. މިސަބްސިޑީގެ ގޮތުގައި އެންމެ ގިނަވެގެން ޖަމާކޮށްދެވޭނީ ވޭތުވެދިޔަ އަހަރު ސަރުކާރު މުވައްޒަފުންގެ އަހަރީ އެވްރެޖް ޕެންޝަނަބްލް ވޭޖްގެ %7 (ހަތެއް އިންސައްތަ) ގެ %25 (ފަންސަވީސް އިންސައްތަ) އާއި އެއްވަރުގެ ޢަދަދެކެވެ.

 

19. ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ ސަބްސިޑއަށް އެދި ހުށަހަޅާނީ ކިހިނެއް ؟

ސަބްސިޑީއަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމުު އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ސަބްސިޑީއަށް އެދޭ ފޯމު މެދުވެރިކޮށެވެ.

 

20. އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ފައިސާ އަނބުރާ ލީބޭނީ ކޮންގޮތަކަށް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ފައިސާ ނޭގޭނީ ޕެންޝަނަށް ބަލާ އުމުރު (65 އަހަރު) ހަމަވުމުން ނުވަތަ 55 އަހަރު ފުރި އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވުމުންނެވެ.

 

21. އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާގެ ތަފްސީލާއި އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ދައުލަތުން ސަބްސިޑީގެ ގޮތުގައި ޖަމާކޮށްދޭ ފައިސާގެ ތަފްސީލް ބަލާނީ ކިހިނެއް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވާ ފައިސާގެ ތަފްސީލް ޕެންޝަން އޮފީހުގެ ޕޯޓަލް މެދުވެރިކޮށް އަދި މޯބައިލް އެޕް ބޭނުންކޮށްގެން ބެލޭނެ އިންތިޒާމު  ވަނީ ހަމަޖެހިފައެވެ.