އެކްރޫޑް ޕެންޝަން ރައިޓްސް

2016-06-01 05:41

1. އެކްރޫޑް ޕެންޝަން ރައިޓްސް އަކީ ކޮބައިތޯ؟

- އެކްރޫޑް ޕެންޝަން ރައިޓްސްއަކީ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤުވުމުގެ ކުރިން، ޕެންޝަން ނުވަތަ ރިޓަޔަރމަންޓް ބެނެފިޓެއް ދިނުމަށް ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ދަށުން ލިބެންޖެހޭ އިނާޔަތަކަށް އޮތް ޙައްޤެކެވެ.

- އެހެންގޮތަކަށް ދަންނަވަނީނަމަ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ތަޞްދީޤު ވި ދުވަހު ދައުލަތުގެ ވަޒީފާ އަދާކުރެއްވި، އަދި އެތާރީޚާ ހަމައަށް އުމުރުން 65 އަހަރުނުވާ މުވައްޒަފުންނަށް ދެވޭ އިނާޔަތެކެވެ.

 

2. އެކްރޫޑް ޕެންޝަން ރައިޓްސް ޙައްގުވާ މީހުންނަކީ ކޮބައިތޯ؟

އެކްރޫޑް ޕެންޝަން ރައިޓްސް ޙައްޤުވާ މީހުންނަކީ، 13 މެއި 2009ގައި ދައުލަތުގައި ވަޒީފާ އަދާކުރައްވާފައިވާ، އަދި އެތާރީޚުގެ ފަހުން އުމުރުން 65 އަހަރުފުރޭ އެންމެހާ ފަރާތްތަކެވެ.

 

3. އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރު ހިސާބު ކުރާނެ ގޮތަކީ ކޮބައިތޯ؟

އެކްރޫޑް ޕެންޝަން ރައިޓްސް ހިސާބުކުރާނީ ތިރީގައި މިވާ ފޯމިއުލާ ބޭނުން ކޮށްގެންނެވެ.

އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ލިބޭ މިންވަރަކީ = 

13 މެއި 2009 ގައި ލިބުނު އަސާސީ މުސާރަ %93 × %14 × 30 އެޕްރިލް 2010 ގެ ނިޔަލަށް ޙިދުމަތް ކުރި މުއްދަތު 

 

13 މެއި 2009ގައި ލިބުނު އަސާސީ މުސާރައިގެ އެންމެ މަތީމިންވަރެއްކަމުގައި ބަލާނީ -/20500 ރުފިޔާއެވެ.