އިންޓަރ ސްކޫލް ޕެންޝަން ކުއިޒް 2016

2016-06-13 01:39

8 (އަށް) ސްކޫލް ހިމެނޭ ގޮތަށް ޕެންޝަން އޮފީހުން (އެމް.ޕީ.އޭ.އޯ) ބޭއްވި އިންޓަރ ސްކޫލް ޕެންޝަން ކުއިޒް ކުރިއަށް ދިޔައީ 22 އޭޕްރީލް 2016 އިން ފެށިގެން 5 މޭ 2016 އަށެވެ. މި މުބާރާތުގައި ބައިވެރިވީ އިސްކަންދަރު ސްކޫލާއި، ތާޖުއްދީން ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މުޙިއްޔުއްދީން ސްކޫލާއި، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއާއި، ހިރިޔާ ސްކޫލް އަދި ޖަމާލުއްދީން ސްކޫލެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މުހިއްޔުއްދީން ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ފައިނަލް މެޗު ކާމިޔާބު ކުރީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަދި މުބާރާތުގެ 2 ވަނައަށް މުހިއްޔުއްދީން ސްކޫލް ގޮސްފައިވާއިރު މުބާރާތުގެ 3 ވަނައަށް ދިޔައީ ތާޖުއްދީން ސްކޫލެވެ.