ޕެންޝަނާއި ބެހޭ މަޢުލޫމާތު ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނަށް ދިނުން

2016-06-13 01:39

ނޭޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނަށް ޕެންޝަނާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައ 25 މުވައްޒަފުން ބައިވެރިވިއެވެ. މަޢުލޫމާތު ސެޝަން ކުރިއަށް ދިޔައީ ކ. ހިންމަފުށީގައެވެ. އެޖެންސީގެ މުވައްޒަފުންނަށ ޕެންޝަނާއި ބެހޭ މަޢުލޫމާތު ދިނުމާއި މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބު ދެވުނެވެ. މިފަދަ ސެޝަންތަކަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތަރުޙީބު ބޮޑުކަން ފާހަގަ ކޮށްލެވެއެވެ. ވަޒީފާގައި އުޅޭ މީހުންނަށާއި ސްކޫލް ކުދިންނަށް އަމާޒް ކުރެވިގެން ޕެންޝަން އޮފީހުން މަޢުލޫމާތު ދިނުމުގެ ސެޝަންތައް މިހާރުވެސް ދަނީ ކުރިއަށެވެ.