ޕެންޝަނާއި ބެހޭ މަޢުލޫމާތު ދިނުމަށް ޕެންޝަން އޮފީހުގެ ޓީމެއް ތ. އަތޮޅަށް

2016-06-13 01:39

މި ޖޫން މަހުގެ 6 އިން ފެށިގެން 10 އަށް ޕެންޝަނާއި ބެހޭ މަޢުލޫމާތު ދިނުމުގެ ގޮތުން ތ. އަތޮޅުގެ 5 ރަށަކަށް ޕެންޝަން އޮފީހުގެ ޓީމު ވަނީ ޒިޔާރަތްކޮށްފައެވެ.

މިގޮތުން ޒިޔާރަތް ކުރެވިފައިވަނީ ގުރައިދޫ، ތިމަރަފުށި، ވޭމަންޑޫ، ދިޔަމިގިލި އަދި ވިލުފުއްޓަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކަށް ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަަރާތްތަކުގެ އިތުރުން އާންމުންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިގެންދިޔައެވެ. މި ޒިޔާރަތުގައި ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ޕެންޝަނާއި ބެހޭ މަޢުލޫމާތު ދެވުނެވެ. މިކަމުގެ ބޭނުމަކީ ސްކޫލް ނިންމާ ދަރިވަރުންނަށް ޕެންޝަންގެ މަޢުލޫމާތު ލިބިފައި ހުރުމާއި އެ ކުދިންގެ ފަރާތުން އިތުރު ބަޔަކަށް ޕެންޝަނާއިބެހޭ މަޢުލޫމާތު އެނގުމެވެ.