އެމް.ޕީ.އޭ.އޯ އިން ހައްޖު ކޯޕަރޭޝަނާއެކު ފަހުމްނާމާއެއްގައި ސޮއިކުރުން

2016-05-19 01:39

ޙައްޖާއި އުމުރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެގޮތް މަގުފަހިކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފް ކުރި "މުވައްޒަފުންގެ ސްކީމް" ގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބައިވެރިވެއްޖެއެވެ. މި ފަހުމްނާމާގައި ސޮއިކުރެވުނީ 19 މެއި 2016 ގައެވެ. ސޮއިކުރުން އޮތީ ޕެންޝަން އޮފީސް (މޫކައި ސުއިޓްސް، 6 ވަނަ ފަންގިފިލާ) ގައެވެ. ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ޙުސައިން މަނިކު އެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޔާމިން އިދްރީސް