ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ އެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން
2016-05-19 01:39
މި އޮފީހުގެ ބޭނުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ އެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 މާރިޗު 9 ވާ ބުދަ ދުވަހުގެ 15:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 16 ވާ ބުދަ ދުވަހުގެ 15:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު 20379
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރ: 1441
ފެކްސް: 3307759
އީމެއިލް: [email protected]