qmIkqs qnaCqnep IsAsaw

އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރިވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތައް ފުދޭވަރުގެ ޕެންޝަނެއް ދިނުމެވެ.

 • ދިވެހި ރައްޔިތެއް ކަމުގައި ވުން.
 • މީލާދީ ގޮތުން ޢުމުރުން 65 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
 • ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ކަމުގައިވުން
 • ދައުލަތުގެ ޚަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ ނުވަތަ ކުށެއްސާބިތުވުމުގެ ސަބަބުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުން
 • އެހެން ޕެންޝަން ސްކީމަކުން އަސާސީ ޕެންޝަންގެ ދެގުނައަށްވުރެ ބޮޑު ޢަދަދެއް ލިބޭ މީހެއް ކަމުގައިނުވުން.
 • މީލާދީ ގޮތުން އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން، ނުވަތަ އޭގެފަހުގެ ކޮންމެ ތާރީޚެއްގައި ވެސް އަސާސީ ޕެންޝަނަށް އެދެވިދާނެއެވެ.
 • ޕެންޝަނަށް އެދޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު 'ޕެންޝަނަށް އެދޭފަރާތުގެ މައުލޫމާތު ފޯމު' ފުރިހަމަކޮށް، ޕެންޝަން އޮފީހަށް ހުށަހަޅައި ގެންނެވެ. މި ފޯމު ލޯކަލް ކައުންސިލްތަކުގެ އިދާރާތައް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.
 • އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މީހަކަށްވެސް ދެވޭނީ ޕެންޝަނާބެހޭ ޤާނޫނުގައި ވާ ގޮތުގެ މަތިން ދައުލަތުން ކަނޑައަޅާފައިވާ ޢަދަދެކެވެ. މި ޢަދަދު، ދިރިއުޅުމުގެ ޚަރަދުތައް މައްޗަށްދާ މިންވަރަށް ނިސްބަތްކޮށް ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައް ބަލަހައްޓާ މިނިސްޓްރީން މުރާޖަޢާކުރާނެއެވެ. އަދި ދިރިއުޅުމުގެ ޚަރަދު ޖުމްލަ %5 (ފަހެއް އިންސައްތަ) އަށްވުރެ މަތިވެއްޖެ ނަމަ އެއިތުރުވާ މިންވަރުގެ ނިސްބަތަށް ބަލައި އަސާސީ ޕެންޝަންގެ އަދަދު އިސްލާޙު ކުރެވޭނެއެވެ.
 • 2019 މާރިޗުން ފެށިގެން އަސާސީ ޕެންޝަންގެ ގޮތުގައި ދެވޭ އަދަދަކީ މަހަކު 5000 ރުފިޔާއެވެ.
 • ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ޕެންޝަނަރުގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރެވިއްޖެނަމަ އިތުރަށް ޖަމާކުރެވުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަން ވާނެއެވެ.
 • އަދި ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހަމަޔަށް އެއްވެސް މަހެއްގައި ޖަމާކޮށް ނުދެވި ވާނަމަ ވިދިގެން އަންނަ މަހުގެ ޕެންޝަން ފައިސާއާ އެކު އެފައިސާ ޕެންޝަނަރުގެ ބެންކު އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ.
 • ޕެންޝަން ލިބޭ ފަރާތެއް ނިޔާވެއްޖެކަމުގެ މައުލޫމާތު ޕެންޝަން އޮފީހަށް ލިބޭ މަހުން ފެށިގެން އެމީހެއްގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލެވޭނެއެވެ.
 • އެމަހެއްގެ ޕެންޝަން ފައިސާ ބެންކުއެކައުންޓަށް ޖަމާކުރުމުގެ ކުރިން ޕެންޝަނަރު ނިޔާވެއްޖެ ނަމަ ނިޔާވިމަހުގެ ޕެންޝަން ފައިސާ ހޯދުމަށް ޕެންޝަނަރުގެ ވާރިސުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
 • ޕެންޝަނަރު ނިޔާވުމުން މަރު ސާބިތުކުރިކަން އަނގައިދޭ ލިޔުމުގެ ކޮޕީއެއް ޕެންޝަނަރުގެ އާއިލާގެ ފަރާތުން ޕެންޝަން އޮފީހަށް ހުށަހަޅަންވާނެއެވެ.
 • ޕެންޝަނަރު ނިޔާވިކަން ޕެންޝަން އޮފީހަށް ނާންގައި އޮތުމުގެ ސަބަބުން ޕެންޝަނަރުގެ ބެންކުއެކައުންޓަށް އިތުރަށް ފައިސާ ޖަމާކުރެވިއްޖެ ނަމަ އެފައިސާ އަނބުރާ ޕެންޝަން އޮފީހަށް ދައްކަންވާނެއެވެ.
 • އަސާސީ ޕެންޝަނާ ބެހޭގޮތުން އެއްވެސް މައްސަލައެއް ހުށަހަޅާނަމަ އެންމެ ފުރަތަމަ ޕެންޝަން އޮފީހުގެ ނަންބަރު 1441 އަށް ގުޅައި މައްސަލަ ހުށަހެޅި ދާނެއެވެ.
 • މައްސަލަ ހުށަހަޅާތާ ރަސްމީ 3 ދުވަސް ތެރޭ މައްސަލަ ހައްލު ނުކުރެވޭ ނަމަ މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް ލިޔުމުން މައްސަލަ ހުށަހަޅަން ވާނެއެވެ.
 • އެހެން ޕެންޝަނަކުން އަސާސީ ޕެންޝަނުގެ 2 ގުނަ އަށްވުރެ ބޮޑު އަދަދެއް ލިބޭފަރާތަކަށް އަސާސީ ޕެންޝަން ނުލިބޭނެއެވެ.
 • އެހެން ޕެންޝަނަކުން އަސާސީ ޕެންޝަނުގެ 2 ގުނަ އަށްވުރެ ކުޑައަދަދެއް ލިބޭނަމަ، އެލިބޭ އަދަދެއްގެ %50 އަށްވާ ޢަދަދު އަސާސީ ޕެންޝަނުން އުނިކުރެވޭނެއެވެ.
 • ޕެންޝަން އޮފީސް މެދުވެރިކޮށް ދެވޭ ދައުލަތުގެ ޕެންޝަނެއް / އެލަވަންސެއްގެ ގޮތުގައި ލިބެންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދެވިއްޖެނަމަ، ދޭންޖެހޭ އަދަދަށްވުރެ އިތުރަށް ދެވިފައިވާ ފައިސާ ކުރިޔަށް އޮތް މަސްތަކުގައި އެމީހަކަށް ލިބެންޖެހޭ އަސާސީ ޕެންޝަނުން އުނިކުރެވޭނެއެވެ.
 • ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ލިބޭ ޕެންޝަން
 • 20އަހަރު ، 40 އަހަރު ނުވަތަ 60 އަހަރުގެ ޚިދުމަތުގެ ޕެންޝަން
 • 55ނުވަތަ 65 އަހަރުވުމުން ރިޓަޔަރ ކުރާ ފަރާތްތަކަށްދެވޭ ރިޓަޔަރމަންޓް އިނާޔަތްތައް
 • ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރެވޭ ފަރާތްތަކުގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް
 • އެކިޤާނޫނުތަކުގެ (ޕެންޝަނާބެހޭ ޤާނޫނު ފިޔަވައި) ދަށުން މުސްކުޅިކުރެވޭ/ރިޓަޔަރކުރެވޭ ފަރާތްތަކަށް ދެވޭ ޕެންޝަން/އިނާޔަތްތައް