އަޅުގަނޑުމެން
2016-08-09 05:50
ތަޞައްވުރު
"ރައްޔިތުން އެންމެ އިތުބާރުކުރާ، ގަދަރުކުރާ އަދި އެންމެ ލޯބިވާ ދަޢުލަތުގެ މުއައްސަސާ ކަމުގައި ވުން"
އަމާޒު
މެމްބަރުންގެ މަސްލަހަތު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކޮށް، އިންވެސްޓްމަންޓް ރައްކާތެރި ކަމާއިއެކު ފުޅާކުރުމަށްޓަކައި ޕެންޝަން ފަންޑް މެނޭޖްކުރުން
މިގޮތުން އަޅުގަނޑުމެންގެ އަމާޒަކީ:
-ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އޮޓޮމޭޓަޑް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން
-ޕެންޝަނާއިބެހޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ލިބިދިނުން
-ޕެންޝަނާބެހޭ ކަންކަމާއި ޚިދުމަތްތަކުގައި އުފެއްދުންތެރި އާ ގޮތްތަކަށް މަގުފަހިކުރުން
މައިގަނޑު އަސާސްތައް
ޕްރޮފެޝަނަލިޒަމް: ނަޒާހަތްތެރިކަން، ސިއްރު ހިފެހެއްޓުން އަދި މަޤްޞަދު ހާޞިލްކުރުން
މުޢާމަލާތުކުރުން: ސާފު، ސީދާ އަދި ޙިއްސާކުރެވޭ މަޢުލޫމާތު
އުފެއްދުންތެރިކަން: ބޭނުންކުރަން ފަސޭހަ، ފަންނުވެރި އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ
މަސައްކަތުގެ އާދަތައް: އެކުގައި މަސައްކަތްކުރުން، އިޙްތިރާމްކުރުން އަދި ދަސްކުރުމުގެ މާޙައުލު
ޒިންމާދާރުކަން: މަސްއޫލިއްޔާތު އުފުލުން، ތެދުވެރިކަން، ދެފުށްފެނުން އަދި ހިރާސް ތަކަށް ލޯހުޅުވިފައިވުން
ޕެންޝަން އޮފީސް
ޕެންޝަން އޮފީހަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ޝަޙްސެކެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ؛
-ޕެންޝަން ސްކީމްތައް ބެލެހެއްޓުން
-ޕެންޝަން ޤާނޫނުގެދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި
-އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުން, އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުން
-އަދި ޕެންޝަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން