ޕެންޝަން އޮފީހުގެ އުސްއަލިތައް

2016-09-19 12:00

ޕެންޝަން އޮފީހުގެ އުސްއަލިތައް

ޕެންޝަން އޮފީސް 13 މޭ 2009 ގައި އުފެދުނީއްސުރެ މިއަދާހަމައަށް ވަނީ ފާހަގަ ކޮށްލެވޭ އެތަށް ކާމިޔާބީއެއް ހާސިލް ކޮށްފައެވެ.

2009

މޭ        -  ޕެންޝަނާބެހޭ ޤާނޫން ތަސްދީގު ކުރެވި ޕެންޝަން އޮފީސް އުފެދުން

2010  

ފެބުރުވަރީ   - އަސާސީ ޕެންޝަން ދޫކުރަން ފެށުން

މޭ        - އެމް.އާރު.ޕީ.އެސް ތަޢާރަފްކޮށް ދައުލަތުގެ މުވައްޒަފުން އެމް.އާރު.ޕީ.އެސްގައި   ބައިވެރި ކުރުން

         - އެމް.އާރު.ޕީ.އެސް ފަންޑް ބެލެހެއްޓުމަށް ކަސްޓޯޑިއަނެއް އައްޔަން ކުރުން

ޖޫން      - ޕެންޝަން ފަންޑުން ފުރަތަމަ ފަހަރަށް އިންވެސްޓް ކުރުން

އޮކްޓޫބަރު   - އެމް.އާރު.ޕީ.އެސްގެ ބައިވެރިންގެ ތެރެއިން ޕެންޝަން ޢުމުރު ހަމަވި ފަރާތްތަކަށް ޕެންޝަން ފައިސާ ދޫކުރަން ފެށުން

ޑިސެންބަރު  - އެކްރޫޑް ޕެންޝަން ރައިޓްސް ލިބޭ ފަރާތްތަކަށް ރިކޮގްނިޝަން ބޮންޑް ލިބޭ ކަމުގެ ލިޔުން ދޫކުރުން

2011

އެޕްރީލް  - ދައުލަތުންދޭ ޕެންޝަންތައް ފޯރުކޮށްދޭ ތަނަކީ ޕެންޝަން އޮފީސް ކަމުގައި ހަމަޖެހުން

މޭ      -  ދައުލަތް ފިޔަވާ އެހެން ތަންތާގެ މުވައްޒަފުން އެމް.އާރު.ޕީ.އެސްގައި   ބައިވެރި ކުރުން

އޮކްޓޫބަރު - އެމް.އާރު.ޕީ.އެސްގެ ބައިވެރިންގެ ރިޓަޔަރަމަންޓް ސޭވިންގ އެކައުންޓް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން

ނޮވެންބަރު -  ޕެންޝަން ފަންޑުން ފުރަތަމަ ފަހަރަށް އިކުއިޓީގައި އިންވެސްޓް ކުރުން

       -  ބިދޭސީންނަށް ޕެންޝަން ފައިސާ ދޫކުރަން ފެށުން

2012

މޭ      - ޕެންޝަން މެނޭޖްމަންޓް ސިސްޓަމް "ކޮށާރު" އިފްތިތާހް ކުރުން

       - ފުރަތަމަ ފަހަރަށް މޯލްޑިވްސް ފައިނޭންސް ފޯރަމް ބޭއްވުން

2013

ފެބުރުވަރީ   - އެޗް.ޑީ.އެފް.ސީ އިން ތަޢާރަފްކުރި ފިކްސްޑް އިންކަމް ކޯޕަރޭޓް ބޮންޑްގައި ޕެންޝަން ފަންޑުން ފުރަތަމަ ފަހަރަށް އިންވެސްޓް ކުރުން

ޑިސެންބަރު  - އެޗް.ޑީ.އެފް.ސީ ން ތަޢާރަފްކުރި ސުކޫކްގައި ޕެންޝަން ފަންޑުން އިންވެސްޓް ކުރުން

2014

ފެބުރުވަރީ   - ދޮށީ ޢުމުރުގެ މީހުންނަށްދޭ އިނާޔަތް ދޫކުރަން ފެށުން

މާރިޗު     - ސެކަންޑަރީ ސްޓޮކް މާރކެޓްގައި ފުރަތަމަ ފަހަރަށް ހިއްސާގެ މުޢާމަލާތެއް ކުރުން

އޮގަސްޓު    - އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތައް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން އިފްތިތާހު ކުރުން

ޑިސެންބަރު  -  މާލީގޮތުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ފުރަތަމަ އަހަރު ހޭދަކުރުން

2015

މޭ       - ޕެންޝަން އޮފީހުގެ ކޮންޓެކްޓް ސެންޓަރ ގާއިމު ކުރުން

        - އެމް.ޕީ.އޭ.އޯ މޯބައިލް އެޕްލިކޭޝަން ތަޢާރަފް ކުރުން

2016

އެޕްރީލް    - ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި ތިންވަނަ އިޞްލާޙް ތަސްދީގު ކުރެވުން (ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކުރެވޭ ގަވާއިދު)

 

2017

ޖަނަވަރީ    - އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ %0.9 ، 2017 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން %0.8 އަށް ކުޑަކުރުން

މާރިޗު     - ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކުރެވޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަަރަށް ފަންޑް ދޫކުރުން

 

2018

ޖަނަވަރީ    - އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ %0.8 ، 2018 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން %0.6 އަށް ކުޑަކުރުން