އިސްވެރިން
2016-06-03 03:25
މުޙައްމަދު ޙުސައިން މަނިކު
ޗީފް އެގްޒެކެޓިވް އޮފިސަރ
2009 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދުނީއްސުރެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ މުޙައްމަދު ޙުސައިން މަނިކެވެ. މަނިކު ޕެންޝަން އޮފީހާއި ގުޅިވަޑައިގަތުމުގެ ކުރީން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް ގިނަދުވަސްތަކެއްވަންދެން ފުރުއްވައި އެސް.ޓީ.އޯ.އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. އަދި، ޑިޕާޓްމަންޓް އޮފް ފިނޭންސް، މިހާރުގެ ނަމުންނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އިސް މަޤާމުތަކެއް މަނިކު ވަނީ ފުރުއްވާފައެވެ.
ކޯޕަރޭޓް ބިޒްނަސްގެ އެކިއެކި ރޮނގުން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް މަނިކު ވަނީ ތަޖުރިބާ ހޯއްދަވާފައިވެއެވެ. އަދި، އެމެރިކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމު ފުރުއްވުމުގެ އިތުރުން، ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ބޯޑުމެމްބަރުކަންވެސް މަނިކު އަދާކުރައްވާފައިވެއެވެ. ތައުލީމީ ރޮނގުން، މަނިކު ވަނީ ލުބްނާނުގެ އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ބެޗްލާރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ.
ފޯން:1441
އީމެއިލް : [email protected]
ސުޖާތާ ހަލީމް
ޗީފް އޮޕަރޭޓިންގ އޮފިސަރ
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން އޮފީސް އުފެދުމުގެ އަސްލު ކަމުގައިވާ ވޯލްޑް ބޭންކުން ޚަރަދުކޮށްގެން 6 އަހަރު ދުވަހުގެ މުއްދަތަށް ހިންގެވި ޕްރޮޖެކްޓް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޕެންޝަން ރިފޯމް ޕްރޮސެސް ހިންގާ ކުރިއެރުވުމުގައި ސުޖާތާ ހަލީމް މުހިންމު ރޯލެއް އަދާކުރައްވާފައިވެއެވެ.
ކާމިޔާބު ކަމާއިއެކު 2015 ވަނަ އަހަރު މިޕްރޮޖެކްޓް ނިންމާލުމަށްފަހު، ސުޖާތާ ވަނީ ޕެންޝަން އޮފީހާއި ގުޅިވަޑައިގެން ޕެންޝަން އޮފީހުގެ ޑައިރެކްޓަރ، ޕްރޮގްރާމްސްގެ މަޤާމު ފުރުއްވުމަށްފަހު 2018 ވަނަ އަހަރުން ފެށިގެން ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ މަޤާމު އަދާކުރައްވަން ފައްޓަވާފައެވެ. މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ޕެންޝަން އޮފީހުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމާއި، ޤާޢިމްކުރުމާއި، ކުރިއެރުވުން ހިމެނެއެވެ. އަދި މުޅި އޮފީހުގައި ހިނގާ މަސައްކަތްތަކުގެ މިންވަރުބެލުމުގެ އިތުރުން، ޕެންޝަން އޮފީހުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ޒިންމާ ހިމެނެއެވެ. ޖުލައި 2016 ގައި ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ، ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒްގެ މަޤާމަށް އައްޔަންކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ފައިނޭސް ދާއިރާގައި ސުޖާތާ 10 އަހަރަށް ވުރެ ގިނަ މުއްދަތުގައި ވަޒީފާއަދާކޮށް މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ނޭޝަނަލް ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރ ގައި އިސް މަޤާމްތަކެއް ފުރުއްވައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. ސުޖާތާ ހަލީމް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވަރސިޓީއިން މަތީ ތަޢުލީމް ހާޞިލް ކުރައްވައި ފައިނޭންސް އެންޑް މާކެޓިންގ ގެ ރޮންގުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި ފައިނޭންސްގެ ރޮނގުން ބެޗެލަރ އޮފް ކޮމާސް ހާސިލްކުރައްވާފައިވެއެވެ.
ފޯން:1441
އީމެއިލް : [email protected]
މުޙަައްމަދު ޝާހިދު
ޗީފް ފައިނެންޝަލް އޮފިސަރ
މުޙައްމަދު ޝާހިދު ޕެންޝަން އޮފީހާއި ގުޅިވަޑައިގަތީ އޮކްޓޯބަރ 2018 ގައެވެ. ޝާހިދުގެ މަސްއޫލިއްޔަތުތަކަކީ އިންވެސްޓްމެންޓް އެންޑް ފައިނެންޝަލް މެނޭޖްމެންޓް ޑިވިޜަން ގެ ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓެވުމެވެ.
ޕެންޝަން އޮފީހާއި ގުޅިވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ގައި 8 އަހަރަށްވުރެ ގިނަ ދުވަހު، އެގްޒެކެޓިވް ލެވެލްގައި، ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް އަދާ ކުރައްވާފައެވެ. އަދި މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރަތަމަ ދައުރުގެ ސެކްރެޓަރީ ކަމާއި މީރާގެ ސްޕޯކްސްޕަރސަންގެ މަސްއޫލިއްޔަތުތައް ވެސް އަދާކުރައްވައި އެ އޮތޯރިޓީގެ ޓެކްނިކަލް އަދި މެނޭޖްމެންޓް މަސައްކަތްތަކާ ގުޅޭ ގިނަ ކޮމެޓީތަކެއްގައި ޙަރަކާތްތެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން ޝާހިދު ވަނީ ރާއްޖޭގެ ގިނަ މީޑިއާ ތަކެއްގައި ވެސް މަސައްކަތް ކުރައްވައި ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.
ޝާހިދު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެޕްލައިޑް އެންޑް އިސްލާމިކް ފައިނޭންސްގެ ރޮނގުން މާސްޓާރސް ހާސިލް ކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ވެސް ހާޞިލް ކުރައްވާފައިވެއެވެ.
ފޯން: 1441
އީމެއިލް: [email protected]
އަހްމަދު ޝަފީޒް
ޗީފް ޓެކްނޮލޮޖީ އޮފިސަރ
އަހްމަދު ޝަފީޒް ޕެންޝަން އޮފީހާއި ގުޅިވަޑައިގަތީ 2009 ވަނަ އަހަރުގައެވެ. ޝަފީޒްގެ މަސައްކަތުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި އޮޕަރޭޝަންސް ޑިޕާރޓްމަންޓް ބެލެހެއްޓެވުމާއި އައިޓީ ސިސްޓަމްސް އަދި ޑޭޓާ މެނޭޖްމަންޓް ސިސްޓަމްސް ހަރުދަނާކުރެއްވުން ހިމެނެއެވެ. ޕެންޝަން އޮފީހާއި ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސްގެ ޓެކްނިކަލް ސަޕޯޓް ސަރވިސަސްގެ އިސްވެރިއެއްގެ ގޮތުގައެވެ.
ޝަފީޒް ވަނީ އިންޑިޔާގެ ސިކިމް މަނިޕާލް ޔުނިވާރސިޓީ އޮފް ހެލްތް އެންޑް ޓެކްނޮލޮޖިކަލް ސައިންސަސްއިން މާރސްޓާސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަންް ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްސް އަދި އެޑްވާންސް ޓެކްނޮލޮޖީ އިން ބިޒްނަސް ސޮލިއުޝަންސްގެ ދާއިރާއިން ޝަފީޒް ވަނީ 10 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދާފައެވެ.
ފޯން :1441
އީމެއިލް : [email protected]
އައިޝަތު ނަޖްލާ
ޗީފް އިންޓަރނަލް އޮޑިޓަރ
އައިޝަތު ނަޖްލާ ޕެންޝަން އޮފީހާއި ގުޅިވަޑައިގަތީ 2010 ވަނަ އަހަރުގައެވެ. މިއޮފީހުގެ އިންވެސްޓްމަންޓް ކޮމްޕްލައަންސާއި، އިންޓާރނަލް އޮޑިޓާއި ރިސްކް މެނޭޖްކުރުމުގެ ކަންކަން ބަލަހައްޓަވަނީ ނަޖްލާއެވެ.
ނަޖްލާ އޭނާގެ ފުރަތަމަ ވަޒީފާ ފެއްޓެވީ 2005 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ބޭންކް އޮފް މޯލްޑިވްސް ގައި ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރެއްވިއެވެ.ޕެންޝަން އޮފީހުގެ ޑިރެކްޓަރގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން، މި އޮފީހުގެ އޮޕްރޭޝަންސް، އެޑްމިން އެންޑް އެޗް އާރު އަދި އިންވެސްޓްމަންޓް ކޮމްޕްލައަންސް ޑިޕާޓްމަންޓް ފަދަ ޑިޕާޓްމަންޓް ތަކުގެ މެނޭޖީރިއަލް މަޤާމްތަކުގައި މަސައްކަތް ކުރައްވާ ގިނަގުނަ ތަޖުރިބާވަނީ ޙާސިލްކުރައްވާފައެވެ. ނަޖްލާވަނީ ނިއު ކާސަލް ޔުނިވަރސިޓީން އެމް.ބީ.އޭ އަދި މޮނާޝް ޔުނިވަރސިޓީން ބޭންކިންގ އާއި ފައިނޭންސް ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލް ކުރައްވާފައެވެ. މީގެ އިތުރުން، އޭޝިއަން ރިސްކްމެނޭޖްމަންޓް އިންސްޓިޓިއުޓުން ސަރިޓިފައިޑް ރިސްކް އެނަސިލްޓެއްގެ ޕްރޮފެޝަނަލް ސެޓްފިކެޓް ވަނީ ހާސިލްކުރައްވާފައެވެ.
ފޯން :1441
އީމެއިލް : [email protected]