ވަޒީފާގެ ފުރުސަތު: ހެޑް، އިންވަސްޓްމެންޓް އެންޑް އެޑްވައިޒަރީ ސަރވިސަސް

7 ސެޕްޓެމްބަރު 2020

ޖޮބް އެޕްލިކޭޝަން ފޯމް

ޓަރމްސް އޮފް ރިފަރެންސް

216-MPAO-CA/IUL/2020/12 :ނަންބަރު   

 މަޤާމް: ހެޑް، އިންވަސްޓްމެންޓް  އެންޑް އެޑްވައިޒަރީ ސަރވިސަސް

ޑިޕާޓްމަންޓް: އިންވަސްޓްމެންޓް  އެންޑް އެޑްވައިޒަރީ ސަރވިސަސް

 ބޭނުންވާ ޢަދަދު: 01

 ވަޒީފާގެ ބާވަތް: ދާއިމީ  ( 01  އަހަރުގެ  ކޮންޓްރެކްޓް، 3 މަހުގެ ޕްރޮބޭޝަން އާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ރަގަޅުނަމަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ. ) 

ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު ނުވަތަ ޝަރުތު:

  1. އިކޮނޮމިކްސްގެ ދާއިރާއިން (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ގެ ބެޗިލާސް ޑިގްރީއެއް ހާޞިލްކޮށްފައިވުން. ނުވަތަ އެއާ އެއް(އިކޮނޮމިކްސް ދާއިރާއިން) ފެންވަރެއްގެ ޕްރޮފެޝަނަލް ސެޓިފިކޭޝަނެއް ހާޞިލްކޮށްފައިވުން.
  2.  މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 24،970.00ރ
  • ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 4،500.00ރ ދެވޭނެއެވެ.
  • މޭނޭޖިރިއަލް އެލަވަންސް މަހަކު ގިނަވެގެން 4،000.00ރ ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv  ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ. 

މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ. 

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް
  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައިވާ އިޢުލާނާއިއެކު ހިމަނާފައި)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ)  ކޮޕީ 
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) 
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)
  • ސޮއި ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" ގައިވާ ޗެކްލިސްޓް 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތަކަށެވެ. 

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު

މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު 21 ސެޕްޓެމްބަރ 2020 އިން 08 އޮކްޓޯބަރ 2020 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނު އޮންނާނީ، މި އިދާރާއިން ކަނޑައަޅާ މެމްބަރުން (މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ. 

ސުންގަޑި: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441 

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު) ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.)

އެންމެ ފަހުގެ މަޢުލޫމާތު