ޕެންޝަން އޮފީހުގައި ހަރުކޮށްފައި ހުރި ވިންޑޯ ބްލައިންޑްސްތައް ނައްޓައި އައު ބްލައިންޑްސް ފޯރުކޮށްދެއްވާ އެތަކެތި ހަރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

10 ނޮވެމްބަރު 2020

ނަންބަރު: 216MPAO-CA/IUL/2020/26

ޕެންޝަން އޮފީހުގެ އޮފީސް ޢިމާރާތުގައި (އެލައިޑް ބިލްޑިންގ ގެ 8 އަދި 9 ވަނަ ފަންގިފިލާ) ހަރުކޮށްފައި ހުރި ވިންޑޯ ބްލައިންޑްސްތައް ނައްޓައި އައު ބްލައިންޑްސް ފޯރުކޮށްދެއްވާ އެތަކެތި ހަރުކޮށްދެއްވާނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 19 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 26 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.