މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި

24 ޑިސެމްބަރު 2020

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ (ސީއީއޯ) މަގާމަށް ޖޯން ގްރިންޑާލް އައްޔަން ކޮށްފިއެވެ. 

ގްރިންޑާލްއަކީ ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ގްރިންޑާލް ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓެރިމް ޗީފް އެކްޗުއަރީަކމާއި، ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިންގް އޮފިސަރުކަމުގެ އިތުރުން ލޯއިޑްސް ބޭންކިންގް ގްރޫޕުގެ ސީނިއާ އެކްޗުއަރީކަން ކުރައްވާފައެވެ.

އޭގެ އިތުރުން، އޭނާ އަކީ ޑިފައިންޑް ކޮންޓްރިބިއުޝަން/ޑިފައިންޑް ބެނެފިޓް ފަންޑިންއާއި ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެކެވެ.