ބޯޑު ރޫމް ސައުންޑްޕްރޫފް ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

29 ޑިސެމްބަރު 2020

ޕެންޝަން އޮފީހުގެ ބޯޑު ރޫމް ސައުންޑްޕްރޫފް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ،‏ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައި ނުވާނަމަ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 04 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 11 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ admin@pension.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ. 

އެންމެ ފަހުގެ މަޢުލޫމާތު