މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފުކޮށްފި

23 މާރިޗު 2021

ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ބެޗެލަރސް އަދި މާސްޓާރސް ޑިގްރީ ނިންމާ ފަރާތްތަކަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމެއް ތައާރަފު ކޮށްފިއެވެ. މިޕްރޮގްރާމުގެ މަޤްސަދަކީ ޕެންޝަން އޮފީހުގެ މަަސައްކަތްތަކާ ގުޅޭ އެކިދާއިރާތަކުން ތައުލީމު ހާސިލުކޮށް ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހޯދޭނެ މަަގުފަހިކޮށްދީ މިދާއިރާތަކުން މީހުން ބިނާކޮށް ކުރިމަގުގައި އޮފީހުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާނެ ގާބިލު މީހުން ތަމްރީނުކުރުމެވެ. 

މިޕްރޮގްރާމުގެ ދަށުން އިންވެސްޓްމަންޓް މެނެޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޕެންޝަން އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން މަސައްކަތުގެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މުސާރައާއި ޕެންޝަން ކޮންޓްރިބިއުޝަން ފަދަ އިނާޔަތްތައް ދިނުމަށް ހަމަޖެހިފައި ވުމުގެ އިތުރުން ކާމިޔާބު ކަމާއެކު ޕްރޮގްރާމު ނިންމާ ފަރާތްތަކަށް ޕެންޝަން އޮފީހުން ވަޒީފާގެ ފުރުސަތުވެސް ތަނަވަސްވެގެން ދާނެއެވެ. 

މިޕްރޮގްރާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ މިޕްރޮގްރާމުގެ ދަށުން އިއުލާން ކުރެވޭ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން ހޮވޭ ފަރާތްތަކަށެވެ. މިޕްރޮގްރާމުގެ ދަށުން މިއަހަރަށް ހުޅުވާލެވިފައިވާ ފުރުސަތުތަކާއި ޕްރޮގްރާމާއި ބޭހޭ އިތުރު މައުލޫމާތު http://bit.ly/Arutha އިން ލިބެން ހުންނާއެވެ.

އެންމެ ފަހުގެ މަޢުލޫމާތު