މި އޮފީހުގެ 2022 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރ ފޮޓޯގްރަފީ އަދި އާރޓްވޯކް ޑިޒައިނިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

3 އޯގަސްޓު 2021

މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އޮފީހުގެ 2022 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުގައި ހިމެނުމަށް ބޭނުންވާ "ފޮޓޯގްރަފީ އަދި އާރޓްވޯކް ޑިޒައިނިންގ" މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 


މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައި ނުވާނަމަ ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.


މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 08 އޮގަސްޓު 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)


ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 15 އޮގަސްޓު 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 


މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ admin@pension.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ.

އެންމެ ފަހުގެ މަޢުލޫމާތު