މަރާމާތު މަސައްކަތްކޮށްދޭ ފަރާތްތަކުގެ ވެންޑަރ ރަޖިސްޓްރީ އެކުލަވާލުން

23 ސެޕްޓެމްބަރު 2021

ވެންޑާ ރެގިސްޓްރޭޝަން ފޯމް

މިއޮފީހުގެ ތިރީގައި ބަޔާންކޮށްފައިވާ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތްތަކުގެ ވެންޑަރ ރަޖިސްޓްރީއެެއް އެކުލަވާލުމަށް ބޭނުންވެއެވެ.

  • ޕްލަމްބިންގ 
  • އިލެކްޓްރިކް ވަޔަރިންގ
  • ވުޑްވަރކްސް
  • އެއަރކޮންޑިޝަން ސަރވިސް
  • ޖެނެރަލް މެއިންޓެނަންސް

ވީމާ ވެންޑަރުންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކުން، މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވެންޑަރ ރެޖިސްޓަރ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއޮފީހަށް 14 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މި ފޯމު އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް ފޮނުއްވާދެއްވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި އޮފީހުގެ ހޮޓްލައިން 1441 އަށް ގުޅުއްވުން އެދެމެވެ.