އެވެއަރނަސް ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

15 ނޮވެމްބަރު 2021

ޕެންޝަން އޮފީހަށް އެވެއަރނަސް ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO-CA/IUL/2021/31 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުނި، ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައިވެސް ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 18 ނޮވެންބަރު 2021ވާ ބުރާސްފަތި ދުވަހުގެ 11:00ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު:23 ނޮވެންބަރު 2021ވާ އަންގާރަ ދުވަހުގެ 11:00ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.