އެވެއަރނަސް ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

6 ޑިސެމްބަރު 2021

މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް މި އޮފީހަށް އެވެއަރނަސް ވީޑިއޯ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުނި، ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައިވެސް ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 09 ޑިސެންބަރު 2021ވާ ބުރާސްފަތި ދުވަހުގެ 10:00ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު:14 ޑިސެންބަރު 2021ވާ އަންގާރަ ދުވަހުގެ 10:00ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.