ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ

21 ޑިސެމްބަރު 2021

ޕެންޝަން އޮފީހަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ 

ޕެންޝަން އޮފީހަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް ތައްޔާރުކޮށްދެއްވާނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO-CA/IUL/2021/43(.13 ޑިސެމްބަރު 2021) އިޢުލާނަށް އެކަށީގެންވާފަދަ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުނި، ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައިވެސް ވާންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 23  ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު:  28  ޑިސެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގައި

ތަން:    މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

17 ޖުމާދަލް އޫލާ 1443

21 ޑިސެމްބަރު 2021