ވަޒީފާގެ ފުރުސަތު: ގްރެޖުއޭޓް ޓްރޭނީ (އެކްޗޫރިއަލް ސައިންސް)

9 ޖެނުއަރީ 2022

ޓަރމްސް އޮފް ރެފަރެންސް

ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުން

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި (ޕެންޝަން އޮފީސް) ގްރެޖުއޭޓް ޓްރެއިނީ އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.  

ދާއިރާ: އެކްޗޫރިއަލް ސައިންސް

ޑިވިޝަން: އިންވެސްޓްމަންޓް އެންޑް ފައިނެންޝިއަލް މެނޭޖްމަންޓް ޑިވިޝަން

މުއްދަތު: 01  އަހަރު

ވީމާ، ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންވާ ފަރާތްތަކުން ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ.

  • ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް
  • ވަނަވަރު (ސީވީ) 
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (ޓްރާންސްކްރިޕްޓް ހިމެނޭގޮތަށް) 
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ) 

އަދި، މިދާއިރާތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ސުންގަޑި: 

މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެއްވުމަށް ފަހު 18 ޖަނަވަރީ 2022 އަންގާރަ ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441 

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.